މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގއ. ވިލިނގިލީ ކައުންސިލާއި ދެމެދު ވިލިނގިލީގައި ވެބް ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 9 ވާ އާދިއްތަ ދުވަހުން ފެށިގެނެވެ.

ވިލިނގިލީ ކައުންސިލުން ވަނީ އެ ރަށު ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިކޮނޮމިކް މިނިސްޓްރީއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.