މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އައްޑޫ ސިޓީގެ ރަށްރަށުގައި ޤާއިމްކުރައްވާ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް، އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

ނަރުދަމަގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސ. މަރަދޫއާއި، މަރަދޫފޭދޫއާއި، ފޭދޫއާއި، މީދޫއާއި، ހުޅުދޫއާއި ހިތަދޫގެ ހުޅަނގާއި ދެކުނުގައެވެ.

މި މަޝްރޫޢުގެ އިތުރުން ވެސް ސ . ހުޅުދޫގައި ވަނީ 1300 މީޓަރގެ ތޮއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާދެއްވާފައެވެ.

.