ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭގޮތަށް ގާއިމްކުރެވޭ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ މަޝްރޫއެއްކަމަށެވެ. އަދި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގެ ފުޓްސަލް ދަނޑަކާއި، ބާސްކެޓް ކޯޓް، ނެޓްބޯޅަ ކޯޓް އަދި ވޮލީ ކޯޓުގެ މަސައްކަތް މީގެ ކުރިން ނިންމާފައިވާކަންވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިރުތިޝާމް ވިދާޅުވިގޮތުގައި ހދ. ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީ އާއި ހަވާލު ކޮށް އިތުރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރުމަށް ވާނީ ޓްރައިކޯ އިންވެސްޓްމެންޓާއި ހަވާލު ކުރެވިފައެވެ.

http://youth.gov.mv/mv/news/219