ޞަރަޙައްދީ ކުރިއެރުމާ އަވަށްޓެރި ޤައުމުތަކުގެ ތަރައްޤީއަށް ރާއްޖޭގެ ފަރާތުން ދޭންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އައިއެސްއާރއޯ) އިން މި ޞަރަޙައްދަށް އަމާޒުކޮށް އުފައްދާފައިވާ ޖީސެޓް-9 ކޮމިއުނިކޭޝަންސް ސެޓެލައިޓް އިފްތިތާޙުކޮށްދެއްވުމަށް ލައިވް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސާކްގެ ހަތް ޤައުމުގެ ވެރިން، މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

http://www.presidencymaldives.gov.mv/Index.aspx?lid=68&dcid=17843