ށ. ޅައިމަގު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލްގައި 4 ކްލާސް ރޫމްގެ އާ އިމާރާތެއް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއިއެކު އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައިމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް،އިބްރާހިމް އިސްމާއިލް އަލީ އެވެ. ޓްރައިކޯ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އާދަމް ސައީދުއެވެ.

ޅައިމަގު ސްކޫލްގެ އާ އިމާރާތް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފައިވަނީ 2498306.46 ރ. (ދެމިލިއަން ހަތަރުލައްކަ ނުވަދިހައަށްހާސް ތިންސަތޭކަހަ ރުފިޔާ ސާޅީސްހަ ލާރި) އަށެވެ. އެފަރާތާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 110 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.

https://www.moe.gov.mv/article/view/633/4