ސްކޫލްތަކުގެ ގުރޭޑު 1 ގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން މިއަދު ފަށައިފިއެވެ.

މިޕްރޮގްރާމުގައި ޣިޔާސުއްދީން ސްކޫލުގެ 71 ދަރިވަރަކު މިއަދު ވަނީ ހެލްތު ސްކްރީން ކުރެވެވިފައެވެ. ހެލްތު ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި މެޑިކަލް ސަރވިސްގެ ކްލިނިކަލް އެސިސްޓަންޓުންނެވެ.

http://mndf.gov.mv/mndf/newsd?newsid=2723