ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުނިސެފްއާއި، އޮސްޓްރޭލިއާގެ ފެކަލްޓީ އޮފް އެޑްވާންސް ޕީޑިއަޓްރިކް ލައިފް ސަޕޯޓާއި އަދި އައ.ޖީ.އެމް.އެޗް ގުޅިގެން ކާރިސާތަކުން ކުޑަކުދީންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޑްވާންސް ޕީޑިއެޓްރިކް ލައިފް ސަޕޯޓް ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ ކާރިސާތަކުގައި އަދި އެފަދަ ފުރާނައަށް ގެއްލުންވާފަދަ ހާލަތްތަކުގައި ތިބޭ ކުޑަކުދިންނަށް ފަރުވާދީ އަދި އާންމު ހާލަތަށް ގެނައުމަށްޓަކައި ނަރުހުންނާއި އަދި ޑޮކްޓަރުންނަށް ހިންގި ޓްރެއިނިންގ ޕްރޮގްރާމެކެވެ.