މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްވަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ސަލްޓަން ޕާކަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވާ، ސަލްޓަން ޕާކްގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. ސަލްޓަން ޕާކް ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ، މި ސަރުކާރުން ކުޑަކުދިންނާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު މަޝްރޫޢުތަކުގެ ތެރެއިން، ކުޑަކުދިންނަށް ކުޅެ އުޅުމަށާ ޒުވާނުންނަށް ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާޙައުލެއްގެ ގޮތުގައެވެ.