ކްރިޓިކަލް މޯލްޑިވްސް 2017 – ކުއްލި ހާލަތުގައި ފަރުވާ ދިނުމާބެހޭގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސް ބަންޑޮސް އައިލެންޑްގައި ފަށައިފިއެވެ. މި ކޮންފަރެންސް އިފްތިތާޙުކުރުމަށް ބޭއްވި ސެޝަންގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.