އާބާދީގައި ހަތަރު ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގެ 14 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައިއެވެ. މިމަޝްރޫޢުގެ ދަށުން 4.5 ކިލޯމީޓަރުގައި ތާރު އަޅާނެއެވެ. ދިއްދޫގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރ މަހުގައި ނިންމާލެވޭނެ ކަމަށް އެމްއާރްޑިސީން ބުނެއެވެ. ދިއްދޫގެ މަގުހެދުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވާގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢަށް ގަތްގަޑަކަށް 49 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. ހއ. ދިއްދޫ މަގު ހެދުމުގެ މަސައްކަތަކީ ހައުސިންގ މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.