ރ. އުނގޫފާރުގައި މަގު ހެދުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކެވެ.
އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގައި ތެރޭގައި މަގު ލެވެލްކުރުމުގެ މަސައްކަތާއި، ރާއުއެޅުމުގެ ކުރިން ވަޅުލަން ޖެހޭ ހޮލީތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ.  ޒަމާނި ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ މިމަގުތަކުގައި 3.2 ކިލޯމީޓަރުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އުނގޫފާރުގެ 14 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދަކުރައްވައިގެން ކުރިއަށްދާ މިމަޝްރޫޢުއަށް 32،609188.92 ރުފިޔާ ޚަރަދުވާނެއެވެ. މިމަޝްރޫޢު މަސައްކަތް 25 ޖެނުއަރީ 2018 ގައި ނިންމަން ޖެހެއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރ. އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް ޙަވާކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.