އެސްޓީއޯގެ ނަމުގައި އާންމުންގެ ފޯނު ނަންބަރު ތަކަށް ގުޅައި، ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ފޯނު ނަންބަރު ތަކަކަށް ރީލޯޑު ކޮށް ފައިސާ ޖަމާ ކުރުމަށް އެދެމުންދާކަމުގެ މަޢުލޫމާތު މިކުންފުންޏަށް ވަނީ ލިބިފައެވެ. ކަސްޓަމަރުން ރީލޯޑް ކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގައެވެ. ވީމާ މިފަދަ ފޯން ކޯލްތަކަށް އާންމުން ސަމާލުވުމަށް މިކުންފުނިން އިލްތިމާސްކުރަމެވެ.