ރެފްރިޖެރޭޝަނާއި އެއަރ ކަންޑިޝަން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން “އިންޑަސްޓްރީ ޑައިލޮގް” ނަމުގައި ބައްދަލުވުމެއް ދަރުބާރުގޭގައި ބާއްވައިފިއެވެ. މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް(ޔޫއެންއީޕީ) ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި 2020 ގެ ކުރިން އެޗް.ސީ.އެފް.ސީ ގޭސް ހުއްޓާލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ރެފްރިޖެރޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުން ބޭއްވީ މި އޮގަސްޓު މަހުގެ 16-14 ށް ދަރުބާރުގޭގައި ބާއްވާ “އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ 2017” ގެ ނަމުގައި ބާއްވާ މައުރަޒެގެ ހަވާސާގައި ކުރިޔަށް ގެންދެވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި  ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ މައިގަނޑު ބައެއް ފަރާތްތަކުންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ބައިވެރިވިއެވެ.