މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ޚާއްޞަ ޓްރެއިނިންގއެއް ބާއްވައިފިއެވެ. މި ޓްރެއިނިންގެ ބައިވެރިވި މުވައްޒަފުންނަށް މިއަދު ވަނީ ސެޓްފިކެޓް ޙަވާކޮށްފައިއެވެ. “ކަސްޓަރމާ ކެއަރ” ނަމުގައި މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ސާދަ ވަނަ ދުވަހުގެ ނިއަލަށް ބޭއްވި މިޓްރެއިނިންގައި އެމްއާރްޑީސީގެ ހުރިހާ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ. މިޓްރެއިނިންގ ތެރެއިން ކަސްޓަރމަރުންނަށް ޚިދުމަތް ދޭންޖެހޭ ގޮތާއި، ޚިދުމަތް ލިބިގަންނަށް ފަރާތްތަކާއި މުޢާމަލާތްކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ދީފައެވެ. މިއަދު އޮތް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއާރްޑީސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ފުޅާކޮށް މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.