04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކޮށް ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ މަޝްރޫޢުގެ އިންސެޕްޝަން ވޯރކްޝޮޕް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް އާ ގުޅިގެން 7 އޮގަސްޓް 2017 އިން 9 އޮގަސްޓް 2017 އަށް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫ.އެން.ޑީ.ޕީ ގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރާ ރަށްތަކުގެ ކައުންސިލްތަކާއި ފެނުގެ ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީ ތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ

http://www.environment.gov.mv/v2/dv/news/5918