ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދާދިމާކޮށް އަތޮޅުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން އޮޕަރޭޝަނެއް ފަށައިފިއެވެ.

އޮގަސްޓް 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މީރު ބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދުން ފުރާ ފެރީތަކާއި ޓީޖެޓީ  ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެއެވެ.

http://www.policelife.mv/page/128515