މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ. ގްރޭޑް 3 ގެ ދަރިވަރުން 22 އޮގަސްޓު 2017 (އަންގާރަ) ވަނަ ދުވަހު ޒިޔާރާތްކޮށްފައިވަނީ އުނގެނުމުގެ ތެރެއިން ޙާޞިލްކުރަންޖެހޭ ބައެއް މަޢުލޫމާތު ހޯދުމަށްޓަކައި ގްރޭޑް 03 ގެ ދަރިވަރުންތަކެކެވެ.

 

3 ދަންފަޅިއަކަށް ބަހާލެވިގެން ކުރެވުނު މިދަތުރުގައިި ކަރަންޓު އުފެއްދުމާއި ގުޅޭގޮތުން އެކުދިންނަށް ބޭނުންވާ ގިނަ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ދަރިވަރުންވަނީ ކުންފުނީގެ މައި ޕަވަރ ޕްލާންޓަށް ޒިޔާރާތްކޮށްފައެވެ. ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރިވެފައިވަނީ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

 

މި މައިދާނީ ދަތުރުގައި ބައިވެރިވެފައިވަނީ 136 ދަރިވަރުންނާއި 05 މުދައްރިސުންނެވެ.