ހިރިޔާ ސްކޫލްގެ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ. ގްރޭޑް 03 ގެ މިދަރިވަރުން މިއަދު (23 އޮގަސްޓު 2017) ވަނަ ދުވަހު ޒިޔާރަތްކޮށްފައިވަނީ އުނގެނުމުގެ ތެރެއިން ޙާޞިލްކުރަންޖެހޭ ބައެއް މަޢުލޫމާތު ހޯދުމަށްޓަކައެވެ.

3 ދަންފަޅިއަކަށް ބަހާލެވިގެން ކުރެވުނު މިދަތުރުގައިި ކަރަންޓު އުފެއްދުމާއި  ގުޅޭގޮތުން އެކުދިންނަށް ބޭނުންވާ ގިނަ މަޢުލޫމާތަކެއް ވަނީ ފޯރުކޮށްދީފައެވެ. އަދި ދަރިވަރުންވަނީ ކުންފުނީގެ މައި ޕަވަރ ޕްލާންޓަށް ޒިޔާރާތްކޮށްފައެވެ. ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރިވެފައިވަނީ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި މައިދާނީ ދަތުރުގައި ބައިވެރިވެފައިވަނީ 117 ދަރިވަރުންނާއި 05 މުދައްރިސުންނެވެ.