ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ “ރީޖަނަލް ކޮމެޓީގެ”70ވަނަ ބައްދަލުވުން މިއަދު ފެށިއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ 06އިން 10 ގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯރޓްގައެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނަވާ ވަފުދުގައި އިސްކޮށް ހުންނަވާނީ ޞިއްޙަތާބެހޭ ވަޒީރު އަލްފާޟިލް އަބްދުﷲ ނާޒީމް އިބްރާހިމެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިރަސްމިއްޔާތު ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ އަޙުމަދު ޝައިނީއެވެ.

http://health.gov.mv/News/4180