“މާލޭ ޑިކްލަރޭޝަން އޮން ބިލްޑިންގ ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް”ގެ ނަމުގައި ސަރަޙައްދުގެ ޞިއްޙަތާބެހޭ ޤަރާރުގައި ސޮއިކޮށްފިއެވެ.

މި ގަރާރުގައި ސޮއިކޮށްފައިވަނީ، މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ ވަޒީރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައެވެ.

ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުން އަންނަ ނުރައްކާތަކަށް ޞިއްޙީ ނިޒާމް ތައްޔާރުވުމާ ގުޅޭގޮތުންނެވެ. މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޞިއްޙާތާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޘިމް އިބްރާހިމެވެ.

މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 02 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މިބައްދަލުވުމުގެ ފުރަތަމަ ބުރުގައި ހުރިހާ މިނިސްޓަރުންނާ ސުވާލުކޮށްފަވެއެވެ. މިސުވާލުތައް ބޮޑަށް އަމާޒު ކޮށްފައިވަނީ މިޞަރަހައްދުގެ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތަށްކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ޤައުމުތަކުން މިކަމާ ގުޅިގެން ހޯދާފައިވާ ކާމިޔާބީތައް ހިއްޞާކުރުން ހިމެނެއެވެ. މިބުރުގައި ސުވާލުތަކަށް ޖަވާބު ދިނުމަށް ކޮންމެ ގައުމަކަށްވެސް ފުރުޞަތު ވަނީ އަރުވާފައެވެ.

މިބައްދަލުވުމުގެ ދެވަނަބުރުގައި، ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ މަޤްޞަދު ހާޞިލު ކުރުމަށް ޕްލޭންތައް ތައްޔާރުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން އެހީތެރިކަން ބޭނުންވާ ދައިރާތައް ކޮންމެ ޤައުމަކުންވެސް ހުށަހެޅުމަށް އެގައުމެއްގެ ވަޒީރަށް ވަނީ ފުރުޞަތު އަރުވާފައެވެ.

ވަޒީރުންގެ ސުވާލުތަކަށްފަހު މިސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަ ފުޅު ބޮޑަށް އަމާޒު ކޮށްފައިވަނީ ވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅެގޮތުންނެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙަތަށްކުރާ އަސަރުތަކާ ގުޅޭ 02 ވީޑއޯ ޕްރެޒެންޓޭޝަން ވަނީ ހުށަހަޅާފައެވެ.

http://health.gov.mv/News/4182?language=MV