މި އަހަރު ބޭއްވި ‘ ސާފުރާއްޖެ ސްކޫލްތަކުގެ ތްރީ.އާރު ކޮމްޕެޓިޝަން ގެ ނަތީޖާ ފާޅުކޮށްފިއެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނަ ހާސިލުކޮށްފައިވަނީ މުލަކު ސްކޫލެވެ. އަދި ނާސަރީ ޕްރީ ސްކޫލް ކެޓެގަރީއިން އެއްވަނަ ހޯދާފައިވަނީ ދިގުރަށު ސްކޫލެވެ. ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމްގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ ސްކޫލް ހަރަކާތްތަކުގެ ސަބަބުން ސްކޫލް ދަރިވަރުންގެ އިތުރުން އެދަރިވަރުން ނިސްބަތްވާ އާއިލާތަކަށް މިކަމުގެ މަޢުލޫމާތު ފޯރުކޮށްދެވުމުން އާބާދީގެ ވަރަށް ބޮޑު ބަޔަކަށް މިކަމުގެ ފައިދާކުރާނެކަމަށެވެ.

ކޮންމެ އަހަރަކުވެސް ޤައުމީ ތްރީ.އާރް ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހަކީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހެވެ. އެގޮތުން މި އަހަރަކީ ޤައުމީ ފެންވރުގައި މި ދުވަސް ފާހަގަކުރެވުނު ދެވަނަ އަހަރެވެ. މި އަހަރު ބޭއްވި މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ސްކޫލް ދަރިވަރުންގެ މެދުގައި ކުނި މެނޭޖްކުރުމަށް އަހުލުވެރި ކުރުވައި އެކުދިންގެ މެދުގައި މިކަމުގެ ޝަޢުޤުވެރިކަން އިތުރުކުރުމެވެ.

http://www.environment.gov.mv/v2/dv/news/5975