ގއ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިންގ (އޮސްޓް) ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުންފެށިގެން 2 ދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީގައި ހިންގާ މި ޕްރޮގްރާމުގައި، ޤާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުން ޤާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެ ގޮތާއި، ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު ޢަމަލު ކުރާ ޢާންމު އުޞޫލުތަކާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހަކު ނުކިޔަމަންތެރިވާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކިޔައިދީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ފުލުހުންނާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުލާސްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސަރޖަންޓް އަޙްމަދު ނަޒީޙްއެވެ.

b

http://www.policelife.mv/page/128984