ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާ (ސީއެސްޓީއައި) އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިނަށް ހިންގި މި އޮރިއެންޓޭޝަން ޕްރޮގްރާމުގައި ކޯހުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޯހުގައި ސިޓީ ކައުންސިލުގެ 20 މުވައްޒަފަކު ބައިވެރިވެއެވެ. މިއީ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކޮށް އެ މުވައްޒަފުންގެ ކުރިއެރުމަށް އައްޑޫ ސިޓީ ކައުންސިލާ ސީއެސްޓީއައި ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ކޯހުގެ އިތުރުން ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ވެސް ހިނގުމަށް ތައްޔާރުވަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެވެ