ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިއަދު (03 އޮކްޓޯބަރ 2017) ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 9:09 ހާއިރުއެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންށް ރެސްކިއު ސަރވިސްގެ ޓީމެއް ވަނީ ފެންޖަހާ ޕަމްޕާއި އެކު ޕެރެޑައިސް އައިލެންޑް ރިސޯޓަށް މިއަދުގެ 9:45 ހާއިރު ގޮސްފައެވެ.

މި އަލިފާނުގެ ހާދިސާގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގެ 718 ވަނަ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި 117 ނަންބަރު ކޮޓަރިއަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ވޯޓަރ ވިލާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އަލިފާނުގެ ހާދިސާތަކަށް ތަމްރީން ވެފައި ތިބި މުވައްޒަފުންގެ އެހީތެރިކަމާއި އެކުގައެވެ.

މި ހާދިސާ ދިމާވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.