މި އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރގެ ފަރާތުން، އިންތިޒާމް ކުރައްވައިގެން ވަޒީފާއާބެހޭ ޤާނޫނު ތަންފީޛު ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފައިވެއެވެ. މި ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ސިވިލް ސަރވިސް ކޮމިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން ބައިވެރިވެވަޑައިގެންނެވިއެވެ.