އެމް.އެމް.ޕީ.އާރު.ސީ އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ބާއްވާ “ދިވެހި އާހިތަ” ވީޑިއޯ މުބާރާތުގެ ވޯޓުލާ މަރުހަލާ މިއަދު ފަށައިފިއެވެ. ވޯޓުލުމައްޓަކައި “ވިޒިޓް މޯލްޑިވްސް” ފޭސްބުކް ޕޭޖުން ވީޑިއޯ ބެއްލެވުމަށްފަހު އެންމެ ކަމުދާ ވީޑިއޯއަކައް “ލައިކް” އެއް ދެއްވާނީއެވެ.

މިވީޑިއޯތައް ފެންނަން ހުންނާނީ “ވިޒިޓް މޯލްޑިވްސް” ފޭސްބުކް ޕޭޖުގެ ވީޑިއޯ ސެކްޝަނުގެ “އެޑްވެންޗާޒް އޮފް މޯލްޑިވްސް” ޕްލޭލިސްޓުގައެވެ. https://www.facebook.com/visitmaldives

ވޯޓުލުން ހުޅުވައިލެވިފައިވާނީ 22 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 17:00 އިން ފެށިގެން 5 ނޮވެންބަރު 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށެވެ. ވޯޓުލުމައްފަހު އެންމެ ގިނަ “ލައިކް” އަދި “ވިއުޒް” ލިބިފައިވާ ވީޑިއޯތައް ޖަޖުންގެ ޕެނެލަކުން ރިވިއުކޮށް، އެއްވަނަ އަދި ގަދަ ދިހަ ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނަވަނައަށްދާ ފަރާތްތަކުގެ މައުލޫމާތު އިއުލާންކޮށް އެއްވަނައަށްދާ ފަރާތަކަށް 100،230 ރުފިޔާގެ ފައިސާގެ އިނާމު ދިނުމުގެ ހަފްލާ މި އަހަރުގެ ޑިސެންބަރމަހުގެ ތެރޭގައި ބޭއްވޭނެއެވެ.