ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އިތުރު 2 ސީޕްލޭން ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ގެނައުމަށް ނިންމައިފިއެވެ.

 

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެގެންދާ މި 2 ބޯޓަށް މަރުޙަބާ ކިޔުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ތައްޔާރުވެފައެވެ. މި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެބުރުވަރީ މަސް ތެރޭގައި އައުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބޯޓު އައުމަށް ހަމަޖެހިފައިވަނީ މާރިޗު މަސް ތެރޭގައެވެ.

 

ކުންފުނިން މިހާރު ކުރަމުންދަނީ ބޯޓުތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ.